ބޮލީވުޑްގެ ތަރިން ކަމަށްވާ އަޔޫޝްމަން ކްރާނާ އާއި ސާރާ އަލީ ޚާން އެކީގައި ފެންނާނެ ދެވަނަ ފިލްމު ރިލީޒް ކުރާ ތާރީހު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަން އަދި ސާފުނުވާ އެކަމަކު ޝޫޓިން މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާ މި އެކްޝަން ކޮމެޑީ އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަކާއި ޕްރޮޑިއުސަރު ގުނީތު މޮންގާގެ ސިކިއާ އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭން ހަމަޖެހިފަައިވާ ފިލްމެކެވެ. މި ފިލްމަކީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ އަޔޫޝްމަން ދަރުމާ އަށް ކުޅުނު ފުރަތަމަ ފިލްމު ވެސް މެ އެވެ.
ނަމަވެސް ހިމާޗަލް ޕްރަދޭޝްގެ މަނާލީހެ ހިތްގައިމު ލޮކޭޝަންތަކުގައި މަންޒަރުތައް ނަގާފައިވާ ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު މީގެ ޓީމުން ވަރަށް އަވަހަށް، ފިލްމު ސިނަމާތަކަށް ގެންނަ ތާރީހު އިއުލާން ކުރާނެ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުންޏެވެ.
އަޔޫޝްމަނާއި ސާރާ މި އަހަރު އެކީގައި ފެންނާނެ ފުރަތަމަ ފިލްމަކީ މާޗް 4 އަށް ތާވަލުކޮށްފައި އޮތް ޑައިރެކްޓަރު މުދައްސަރު އަޒީޒުގެ "ޕަތީ ޕަތުނީ އޯރް ވޯ ދޯ" އެވެ. މީގެ ކާސްޓްގައި ވަމީގާ ގައްބީ އާއި ރަކުލް ޕްރީތު ސިންގް ވެސް ހިމެނެ އެވެ. "ޕަތީ ޕަތުނީ އޯރް ވޯ ދޯ" އަކީ މުދައްސަރު 2019 ގައި ކާތިކް އާރިއަނާއި އަނަންޔާ ޕާންޑޭގެ އިތުރުން ބޫމީ ޕިޑްނޭކަރާ އެކު ގެނެސްދިން "ޕަތީ ޕަތުނީ އޯރް ވޯ" އާ ގުޅުވައިގެން ގެނެސްދޭ ފިލްމެކެވެ.
މި އަހަރު ރިލީޒްވާން ހުރި އަޔޫޝްމަންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ޑައިރެކްޓަރު ސޫރަޖް ބަރަޖްތިއާގެ "ޔޭ ޕްރޭމް މޯލް ލިޔާ" އެވެ. އެ ގެނެސްދޭ ތާރީހު އަދި އިއުލާނެއް ނުކުރެ އެވެ.