Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ފުވައްމުލަކު ތުނޑި ސަރަހައްދުން މިނިކަށިތަކެއް

ފުވައްމުލަކު ތުނޑި ސަރަހައްދުން މިނިކަށިތަކެއް ފެނިއްޖެ އެވެ.

އެ ވާހަކަ ޒައިދު އަހްމަދު ކިޔާ މީހަކު އިއްޔެ ފޭސްބުކް ޕޯސްޓެއްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އެ ޕޯސްޓްގައި އޭނަ ބުނެފައި ވަނީ އެއީ ކުޑަ އަންހެން ކުއްޖެއްގެ ބޮލުގެ ނާށިގަނޑާއި އުނަގަނޑުގެ ކަށިތައް ކަަމަށް ބެލެވޭ ކަމަށެވެ.

މިކަމާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލް ބުުނީ ރަށްގިރާ ދުވަސްވަރު އާންމުކޮށް އެ ސިޓީގެ އެކި ދިމާތަކުން މިނިކަށިތައް ފެންނަ ކަމަށެވެ.

އެހެންވެ އެގޮތަށް ފެންނަ މިނިކަށިތައް ނަގައި ގަބުރުސްތާނުގައި ވަޅުލާ ކަށާއި އިއްޔެ ފެނުނު މިނިކަށި ވެސް ނަގައިގެން ވަޅުލާނެ ކަމަށް ކައުންސިކުން ބުންޏެވެ.