Last Updated: June 6, 10:42
Saturday, June 6, 2026
ޚަބަރު

ޓޫރިސްޓުންގެ އަދަދު 135،000 އަށް ވުރެ ގިނަ

އަހަރުގެ މިހާތަނަށް ރާއްޖެ އަށް 135،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 19 ގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 135،555 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރީ 125،339 ޓޫރިސްޓުންނެވެ.

މި މުއްދަތުގައި އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނޯ ރަޝިއާއިންނެވެ. އެ ގައުމުން ޖުމްލަ 20،529 ޓޫރިސްޓުން އައިސްފައިވާ އިރު، ދެވަނައިގައި އޮތް އިޓަލީން 15،273 ޓޫރިސްޓުން އަދި ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 11،792 ޓޫރިސްޓުން އައިސްފައިވެ އެވެ.

ގަދަ 10 ގައި ދެން ހިމެނޭ ގައުމުތަކަކީ ޗައިނާ 9،366 ޓޫރިސްޓުން)، ޖަރުމަން 8،287 ޓޫރިސްޓުން)، އިންޑިއާ 4،869 ޓޫރިސްޓުން)، ފްރާންސް 4،314 ޓޫރިސްޓުން)، އެމެރިކާ 4،047 ޓޫރިސްޓުން)، ޕޮލޭންޑް 3،551 ޓޫރިސްޓުން) އަދި އޮސްޓްރޭލިއާ 2،988 ޓޫރިސްޓުން) އެވެ.

މިހާތަނަށް އައި ޓޫރިސްޓުންނަށް ބަލާ އިރު، 133،785 ޓޫރިސްޓުން އެތެރެވެފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 522 ޓޫރިސްޓުން އެތެރެވެފައިވާ އިރު، އައްޑޫ ގަން އެއާޕޯޓުން 406 ޓޫރިސްޓުން އަދި ހަނިމާދޫ އެއާޕޯޓުން 406 ޓޫރިސްޓުން އެތެރެވެފައިވެ އެވެ.

މީގެ އިތުރުން މާމިގިލި އެއާޕޯޓުން 270 ޓޫރިސްޓުން އަދި އަދި ދާލު އެއާޕޯޓުން 166 ޓޫރިސްޓުން އެތެރެވެފައިވެ އެވެ.

ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި 974 ގެސްޓްހައުސް އާއި 173 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ އަންނަނީ ހިންގަމުންނެވެ.