Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އަތޮޅުތަކުން މާލެ ސަރަހައްދަށް 1،500 އަށް ވުރެ ގިނަ ދަރިވަރުން

ހުޅުމާލޭގައި މި އަހަރު ހުޅުވާ ޝަހީދު އަލީ ސްކޫލް. ފޮޓޯ/ އަމްޖެޔޯ މޯލްޑިވްސް

ދިރާސީ އާ އަހަރު ފަށަން ތައްޔާރުވަމުން އަންނަ އިރު، އަތޮޅުތަކުގެ ސްކޫލްތަކުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް 15،000 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެތަނުން ބުނި ގޮތުގައި އަތޮޅުތަކުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް 1،530 ދަރިވަރަކު ބަދަލުވުމަށް އެދިފައިވާއިރު މާލެ އިން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރުން ބަދަލުވެފައިވާ ކަމަށެވެ.

އަތޮޅުތަކުގެ ރަށްތަކުން ގްރޭޑް 1 އަށް 3،042 ދަރިވަރުން ވަނުމަށް އެދިފައިވާއިރު މާލެ ސަރަޙައްދުގެ ސްކޫލްތަކުގައި ގްރޭޑު 1 އަށް ވަނުމަށް 1،748 ދަރިވަރުން އެދިފައިވެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިއަހަރު ސަރުކާރު ސްކޫލްތަކުގެ ގްރޭޑު 1 އަށް ވަނުމަށް އެދި އިއްޔެގެ ނިޔަލަށް 4،790 ދަރިވަރުން އެދިފައިވާ ކަމަށެވެ.

އަތޮޅުތަކުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް ބަދަލުވާ ދަރިވަރުން އަހަރުން އަހަރަށް އިތުރުވަމުންދާ އިރު، ހުޅުމާލޭގެ ފޭސް ދޭއްގައި މި ދިރާސީ އާ އަހަރަށް އާ ސްކޫލެއް ވެސް ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުނ ޝަހީދު ޢަލީ ސްކޫލަށް ވަނުމަށް އެދި މިހާތަނަށް 1،900 އެއްހާ ދަރިވަރުން ހުށައަޅާފައިވެ އެވެ.

ދިރާސީ އާ އަހަރު ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 27 ގަ އެވެ.