އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ޝާހިދު ކަޕޫރްގެ އާ ފިލްމު "އޯ، ރޯމިއޯ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި އަހަރުގެ އެންމެ އުންމީދީ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި މި އެކްޝަން ތުރިލާ އަކީ ކުޅަދާނަ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް ހަދާފައިވާ ފިލްމެކެވެ. "އޯ، ރޯމިއޯ" އަކީ ވިޝާލްއާ އެކު ޝާހިދު މަސައްކަތްކުރި ހަތަރު ވަނަ ފިލްމެވެ. އެ ދެ މީހުން އެކީގައި ކުރިން ގެނެސްދިން ފިލްމުތަކަކީ 2017 ގެ "ރަންގޫން" އާއި 2014 ގެ "ހައިދަރު" ގެ އިތުރުން 2009 ގެ "ކަމީނޭ" އެވެ.
"އޯ، ރޯމިއޯ" ގެ ކާސްޓްގައި ޓްރިޕްތީ ދިމްރީ، ވިކްރާތުން މަސީ، އަވިނާޝް ތިވާރީ، ޑިޝާ ޕަޓާނީ، ނާނާ ޕަޓޭކަރް، ތަމަންނާ ބާޓިއާ އަދި ފަރީދާ ޖަލާލު ވެސް ހިމެނެ އެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 ގަ އެވެ.
"މަގުބޫލް" އާއި "އޯމްކާރާ" އަދި "ސާތު ހޫނ މާފް" ފަދަ ފިލްމުތައް ގެނެސްދިން ވިޝާލްގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ ސްޕައި ތުރިލާ "ކޫފިޔާ" އެވެ.