ނިއު ޒީލެންޑްގެ އާންމު އިންތިހާބު މި އަހަރުގެ ނޮވެމްބަރު މަހު ބާއްވަން ނިންމައިފި އެވެ.
ބޮޑުވަޒީރު ކްރިސްޓޮފާ ލަގްޒަން މިއަދު ބޭއްވި ނޫސް ކޮންފެރެންސްގައި ވިދާޅުވީ އާންމު އިންތިހާބު ބާއްވަން ނިންމާފައި ވަނީ ނޮވެމްބަރު މަހުގެ 7 ގައި ކަމަށެވެ. އޭނަ ވިދާޅުވީ ގައުމުގެ ކުރިމަގު ބައްޓަން ކުރާނެ ގޮތެއް ރައްޔިތުންނާ ނިންމާނެ އިންތިހާބެއް ކަމަށާއި މިއީ އެކަމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
ނިއު ޒީލެންޑްގެ ބޮޑުވަޒީރުކަމާ ލަގްޒަން ހަވާލުވެވަޑައިގަތީ ނޮވެމްބަރު 27، 2023 ގަ އެވެ.
އެ ގައުމުގެ ބޮޑުވަޒީރުކަން 2017 އިން ފެށިގެން އަދާކުރައްވަމުން ގެންދެވި ޖަސިންޑާ އާޑެން ޖެނުއަރީ 25، 2023 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން މަގާމާ ހަވާލުވެވަޑައިގަތީ ކްރިސް ހިޕްކިންސް އެވެ.
ލަގްޒަން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ފަހުން ގައުމުގެ އިގުތިސާދީ ހާލަތަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޭނަ އަށް އޮތް ތާއީދު ވަރަށް ބޮޑަށް ކުޑަވެފައިވެ އެވެ. ލަގްޒަން އަކީ ކުރިން އެއާ ނިއު ޒީލެންޑްގެ ސީއީއޯގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. އެއީ 2013-2019 އަށެވެ.