Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ސްޕޯޓްސް އެވޯޑްސް ފެބްރުއަރީ 15 ގައި

ވޯލްޑިވްސް ސްޕޯޓްސް އެވޯޑް 2025 އަންނަ މަހުގެ 15 ގައި ބާއްވަން ނިންމައިފި އެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ގޮތުގައި އެ ހަފުލާގެ ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ. އޭނަ ވިދާޅުވި ގޮތުގައި މި އަހަރުގެ އެވޯޑް ހަފުލާގައި އެވޯޑް ލިބޭ އެތުލީޓުންނަށް މުޅިން އަލަށް ސެޓްފިކެޓް ދޭން ވެސް ހަމަޖެހިފައިވެ އެވެ.

"ސަބަބަކީ އެތުލީޓުންގެ ސީވީއަށް އެޑްކުރަން ފަސޭހަވާނެ އަދި އޭތި ޖަސްޓިފައިކޮށްދޭން ވެސް ފަސޭހަ ވާނެ އެ ލިބޭ އެވޯޑު، ސެޓްފިކެޓަކާ އެއްކޮށް ލިބުން." ރާފިއު ވިދާޅުވި އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ބާއްވަން ފެށީ 2022 އިން ފެށިގެންނެވެ. އަދި އެންމެ ފަހުން އެވޯޑް ހަފުލާ ބޭއްވީ 2024 ގަ އެވެ.

ވަރަށް ކުލަގަދަކޮށް ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ.