އައްޑޫ ހިތަދޫގައި ދެ މީހެއްގެ މެދުގައި މާރާމާރީއެއް ހިންގައިފި އެވެ.
ފުލުހުން ބުނީ އައްޑޫ ހިތަދޫ، ނޫރަލީ މަގުން ސައިކަލެއްގައި ދިޔަ މީހަކު ރޭ، އެ މަގުގެ އެއްފަރާތުގައި މަޑުކޮށްގެން ހުރި މީހެއްގެ ގައިގައި ޖަހައި، މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް އެ މާރާމާރީގައި ތޫނު އެއްޗެއް ބޭނުންކޮށްފައި ނުވާ ކަމަށާއި އެއްވެސް މީހަކަށް ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ނުވަތަ ޒަޚަމެއް ވެސް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް މި މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ. އެކަމަކު މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.