Last Updated: June 6, 09:11
Saturday, June 6, 2026
ދުނިޔެ

ބެކަމްގެ ދަރިޔަކު މައިންބަފައިންނާ ކޯޅެނީ!

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި، ޑޭވިޑް ބެކަމް އާއި އޭނަގެ އަންހެނުން ވިކްޓޯރިއާ ބެކަމްއާ ދޮށީ ދަރިފުޅު ބްރޫކްލީމް ބެކަމް ކޯޅޭ މައްސަލަ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފި އެވެ.

މި ވާހަކަތައް މީޑިއާތަކުގައި ވެސް މިހާރު ދަނީ ހޫނުކޮށް ދެކެވެމުންނެވެ. ބްރޫކްލީން، 26، މައިންބަފައިންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އޭނަ އާއި އަންހެނުން ނިކޮލާ ޕެލްޒްގެ ގުޅުން ހަރާބު ކުރުން މަސައްކަތް ކުރުން ހިމެނެ އެވެ. އޭނަ ވަނީ މީގެ ދެ ދުވަސް ކުރިން އިންސްޓަގްރާމް ޕޯސްޓްތަކެއްގައި ވެސް އާއިލާއާ ބެހޭ އެތައް ވާހަކައެއް ހިއްސާކޮށްފަ އެވެ.

ބްރޫކްލީން އާއި ނިކޮލާ ކައިވެނިކުރީ 2022 ގަ އެވެ.

ބްރޫކްލިން ބުނެފައި ވަނީ ހުއްޓުމެއް ނެތި މައިންބަފައިން އޭނަ އާއި އަންހެނުންގެ ގުޅުން ނިމުމަކަށް ގެންނަން އެތައް މަސައްކަތެއް ޒުވާން ދެމަފިރިންގެ ގުޅުން ހީނަރު ކިރަން އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ. އަދި މިކަން ތަޖުރިބާ ކުރަމުންދާތާ އެތައް ދުވަހެއްވެފައިވާ އިރު، މިހާތަނަށް ހިމޭނުން ހުރީ އާއިލާގެ ހައްގުގައި ކަމަށް ބްރޫކްލީން ބުންޏެވެ.

ނަމަވެސް ވަރަށް ގިނަ ދުވަހު ކެތްކުރެއްވިއްޖެ ކަމަށާއި ދެން ހަނު ހުންނަން ބޭނުން ނުވާ ކަމަށް ބުންޏެވެ. ބްރޫކްލީން އާއިލާއާ ގުޅެން ވެސް ބޭނުން ނުވާ ކަމަށެވެ.

ބްރޫކްލީން އިންސްޓަގްރާމްގައި ހިއްސާކުރި ވާހަކަތަކަށް ފަހު ބެކަމް ވަނީ ސޯޝަލް މީޑިއާގެ ބޭނުން ހިފަން ވާނީ ހެޔޮގޮތުގައި ކަމަށް ބުނެފަ އެވެ. އޭނަ ބުނީ މި ޒަމާނުގެ ކުދިންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިތަކަށް ހުޅުވިފައި އޮތުމުން އޭގެ ބޭނުން ނޭދެވޭ ގޮތުގައި ބޭނުން ކުރެވޭ ތަން ފެންނަ ކަމަށެވެ.

އެހެންވެ އަމިއްލަ ޒާތީ ވާހަކަތައް އެފަދަ ޕްލެޓްފޯމްތަކުގައި ހިއްސާ ކުރުމުގެ ބަދަލުގައި އެ ޕްލެޓްފޯމްތަކުގެ ބޭނުން ހިފަން ވާނީ ވަރަށް ޒިންމާދާރުކަމާ އެކު ކަމަށް ބެކަމް ބުންޏެވެ. އޭނަ ބުނީ ދަރިންނަށް ވެސް ގޯސްތައް ހެދޭނެ ކަމަށާއި އޭނަގެ ދަރިން ވެސް އެކަމުން އިސްތިސްނާ ނުވާ ކަމަށެވެ.

ބެކަމް އާއި ކުރީގެ މަޝްހޫރު ބޭންޑް، "ސްޕައިސް ގާލްސް" ގެ މެންބަރު ވިކްޓޯރިއާ އަށް ހަތަރު ކުދިން ލިބިފައިވެ އެވެ. އެއީ ބްރޫކްލީންގެ އިތުުރުން ރޯމިއޯ ބެކަމް، 23، އާއި ކްރޫޒް ބެކަމް، 21، ގެ އިތުރުން ހާޕާ ބެކަމް، 14، އެވެ.