Last Updated: June 6, 10:36
Saturday, June 6, 2026
ޚަބަރު

އެސްޓީއޯ ކޮންސްޓްރަކްޝަންސް ރޯދަ ސޭލް ފަށައިފި

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓިއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަނުން ކުރިއަށް ގެންދާ ރޯދަ ސޭލް ފަށައިފި އެވެ.

އިއްޔެ ފެށި ޕްރޮމޯޝަންގެ މަގުސަދަކީ ރޯދަމަހަށް ގޭތެރެ ކުލަލުމާއި ޒީނަތްތެރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ކުލައާއި ދަވާދާއި އެ ނޫން ވެސް މަރާމާތު ކުރުމަށް ބޭނުން ކުރެވޭ ސާމާނު ފޯރުކޮށް ދިނުން ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މި ފަހަރުގެ ރޯދަ ސޭލް ކުރިއަށް ގެދަނީ، ވެލިގާ ހާޑްވެއާ ގުޅިގެންނެވެ.

މި ޕްރޮމޯޝަން ފެށީ ހުޅުމާލޭގެ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލުއިޝަންސް ޝޯރޫމްގައި ބޭއްވި ހަފުލާއެއްގަ އެވެ. ޕްރޮމޯޝަން ފައްޓަވައި ދެއްވީ ވެލިގާގެ ޑިރެކްޓަރު ޒައިދު މުހައްމަދެވެ.

އެސްޓީއޯ އިން ބުނީ ރޯދަ ސޭލްގައި ޑިސްކައުންޓް ލިބޭނީ އެސްޓީއޯ ކޮންސްޓްރަކްޝަންސް އިން ވިއްކާ ޕްރޮޑަކްޓްތަކެގެ ތެރެއިން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ އުފެއްދުންތަކަށް ކަމަށެވެ. އެގޮތުން ނިޕޯން ޕެއިންޓުގެ ހޮވާލެވިފައިވާ ޕްރޮޑަކްޓް ތަކަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި މަކިޓާގެ ބައެއް ޓޫލްސްތަކުން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދަނީ ވެލިގާ ހާޑްވެއާ ގުޅިގެން ކަމަށްވާތީ އެތަނުން ވިއްކާ ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްތަކުން ވެސް ޑިސްކައުންޓް ލިބޭނެ އެވެ.

ރޯދަ ސޭލްގައި ކުރާ ވިޔަފާރިތަކުން ކޮންމެ 500ރ. އަށް ކޫޕަނެއް ދޫކުރާނެ އެވެ. އަދި ތިން ނަސީބުވެރިިން ހޮވާނެ އެވެ. އެގޮތުން އެއް ވަނަ އަށް 50،000ރ ގެ ވައުޗާއެއް ދެވަނަ އަށް 20،000ރ، ގެ ވައުޗާއެއް އަދި ތިން ވަނަ ސްޓޯން ހޮޓެލްގައި ދެ މީހަކަށް ދެ ދުވަހުގެ ހުރުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.