Last Updated: June 6, 10:42
Saturday, June 6, 2026
ޚަބަރު

ދިގުރަށު ތުނޑިން ގިނަ އަދަދެއްގެ ބަނގުރާ ފެނިއްޖެ

އދ. ދިގުރަށު ފުލުހުން ހިންގި އޮޕަރޭޝަނެއްގައިގިނަ އަދަދެއް ގެ ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ފުލުހުން ބުނީ އިއްޔެ ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނަކީ ދިގުރަށު ތުނޑީގައި ބަނގުރާ ހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އެގޮތުން އޮޕަރޭޝަނުގައި، 33 ފުޅި ބަނގުރަލާއި 169 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށް ނުވާ އިރު، މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ