އައްޑޫ ފޭދޫން ވަގަށް ނެގި ކަމަށް ބެލެވޭ ވަޅޯމަސްތަކަކާއި ބަށިތަކެއް ފުލުހުން ހޯދައިފި އެވެ.
އައްޑޫ ފުލުހުން ބުނީ އެ ތަކެތި މިހާރު ހުރީ ގަން ޕޮލިސް ސްޓޭޝަންގައި ކަމަށެވެ. ފުލުހުން ބުނީ އެ ތަކެތި އަތުލައިގަތީ ވައްކަންކޮށްގެން ފޭދޫން ހިފަހެއްޓީ މީހެއްގެ އަތުން މި މަހުގެ 19 ގައި ކަމަށެވެ.
އެހެންވެ އެ ތަކެތީގެ ވެރިފަރާތުން ގަން ޕޮލިސްގެ ނަމްބަރު 125 އަށް ގުޅައި، އެ ގެންދަން އެދިފައިވެ އެވެ.
ފަހަކަށް އައިސް އައްޑޫގައި ވައްކަން ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، ވަގަށް ނަގާ ތަކެތި ހޯދައި ފުލުހުން އަންނަނީ އޭގެ ވެރިންްނާ ހަވާލު ކުރަމުންނެވެ.