ކުއްލި ޙާލަތްތަކުގައި އެހީވުމަށް އިމަޖެންސީ އޮޕަރޭޝަން ކޯޑިނޭޝަން ސެންޓާ (އީއޯސީސީ) އެއް ހަދަން ނިންމައިފި އެވެ.
މިހާރު އެކަމާ ގުޅޭ ހިދުމަތްތައް ދެމުން އަންނަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިންނެވެ. އެތަނުގެ ދަށުން އީއޯސީސީ ހަދަން ނިންމާފައި ވަނީ އެންޑީއެމްއޭ މިހާރު ހިންގަމުން އަންނަ ރިހިޖެހި ކޮށީގެ ތިން ވަނަ ފަންގިފިލާގަ އެވެ.
އެ ސެންޓަރުގައި ކޯލް ސެންޓަރަކާއި ޑޭޓާ ސެންޓަރެއްގެ އިތުރުން އިދާރީ މަސައްކަތްތަކަށް ޚާއްސަ ބައެއް ހިމެނޭނެ އެވެ. އެގޮތުން އީއޯސީސީ އަކީ މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއަންސް ޕްރޮޖެކްޓަށް ވޯލްޑް ބޭންކުން ފޯރުކޮށްދީފަވާ އެހީގެ ދަށުން ގާއިމުކުރާ ސެންޓަރެކެވެ.
އެހެންވެ އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ވަނީ ބީލަމަށް ހުޅުވާލައިފަ އެވެ. ސުންގަޑި ހަމަވާނީ އަންނަ މަހުގެ 12 އަށެވެ.