ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން އައްޑޫ ފޭދޫގައ ނައިޓް މާކެޓެއް ބާއްވަން ނިންމައިފި އެވެ.
ފޭދޫ އަވަށު އޮފީހުން އިންތިޒާމުކުރާ މި ނައިޓް މާކެޓް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 29-31 އަށް ފޭދޫ ބަނދަރުމަތީގަ އެވެ.
އެހެންވެ ނައިޓް މާކެޓްގައި ތަކެތި ވިއްކަން ޝައުގުވެރިވާ ވިޔަފާރިތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ނައިޓް މާކެޓްގައި ބައިވެރިވެވޭނޯ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާއި، އޮންލައިން ވިޔަފާރިތަކާއި، ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށެވެ. އަދި ނައިޓް މާކެޓްގައި ވިއްކޭނީ ކާނާގެ ބާވަތް ނޫން ރާއްޖޭގައި ވިޔަފާރި ކުރުމަށް ހުއްދަކޮށްފައިވާ އެހެނިހެން ތަކެއްޗެވެ.
ފޭދޫ އަވަށު އޮފީހުގެ އޮފީހުގެ ވައިބާ ނަންބަރު 7789044 މެދުވެރިކޮށް ނައިޓް މާކެޓަށް ރަޖިސްޓްރީވެވޭނެ އެވެ.
ރޯދައާ ދިމާކޮށް ހިތަދޫގައި ވެސް ރޯދަ ކާނިވަލްގެ ނަމުގައި ހާއްސަ ބާޒާރެއް ބާއްވަން ހަމަޖެހިފައިވެ އެވެ. އެއީ އަންނަ މަހުގެ 1-15 އަށެވެ.
ފޭދޫގައި މި ފަހުން އަންނަނީ ރޯދަ ދިމާކޮށް ނައިޓް މާކެޓް ބާއްވަމުންނެވެ.