ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ހަތަރު މީހަކު މާލެ އިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްތަރުކުރީ ސިޕޮން އަލީ، 21، އައި ޖުވެލް ރަނާ، 32، އާއި އެމްޑީ ނަޒްރުލް އިސްލާމް، 20، ގެ އިތުރުން އެމްޑީ އިބްރާހީމް، 22 ކަމަށެވެ.
އެ މީހުން ހައްޔަރުކޮށް، މާލޭ މާފަންނު ގެއެއް ބަލައި ފާސްކުރި އިރު 54 ފުޅި ބަނގުރާ ފެނިފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން، އެ މީހުން ގެންގުޅުނު ސައިކަލު ޓޯކޮށް، ހަތަރު މީހުން ވެސް ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި ފަހަކަށް އައިސް ބަނގުރަލުގެ ވިޔަފާރީގެ ތުހުމަގުގައި މާލެ ސަރަހައްދުން ބިދޭސީން ހައްޔަރުކުރެވޭ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.