Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕޭން ލޯންޗް ކުރަނީ

މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް އިދިކޮޅު އެމްޑީޕީގެ ކެމްޕޭން އަންނަ މަހު ރަސްމީކޮށް ލޯންޗް ކުުރަން ނިންމައިފި އެވެ.

އެ ޕާޓީން މިއަދު ބޭއްވި ޕްރެެސްއެއްގައި ބުނީ އެ ހަރަކާތް އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ ތަރުޖަމާނު ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކަށް ދޭން ޖެހޭ ތަމްރީންތައް ދިނުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށެވެ،

އަދި އަމާޒަކީ އިންތިހާބު ބޮޑުތަނުން ޕާޓީން ކާމިޔާބު ކުރުން ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީން ވަނީ އެ ދެ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން ގިނަ ކަނޑައެޅީ މި މަހުގެ 16 ގައި ބޭއްވި ޕްރައިމަރީގަ އެވެ.

އެޕްރީލް މަހުގެ 4 ގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 294،937 މީހުންނަށް ލިބިގެންވެ އެވެ. އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރާނެ އެވެ.