ކުރިއަށް އޮޔް ރޯދަ މަހު، ސްކޫލްތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފުތާގައި އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މި މަހުގެ 27 ގައި ދިރާސީ އާ އަހަރު ފެށޭ އިރު މިނިސްޓްރީން އިއްޔެ ވަނީ އެކެޑެމިކް ކަލަންޑަރު ވެސް އާންމުކޮށްފަ އެވެ.
އޭގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ހަފުތާ އަށް ފަހު ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް ފަހު، އަލުން ކިޔެވުން ފަށާނީ މާޗް 23 ގަ އެވެ.
ކަލަންްޑަރުގައިވާ ގޮތުން ރޯދަ މަސް ފެށޭނީ އަންނަ މަހުގެ 18 ގަ އެވެ.
ދިރާސީ އާ އަހަރު ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ.