Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

މި އަހަރުގެ އެފް އެންޑް ބީ ޝޯ ފަށައިފި

މި އަހަރުގެ އެފް އެންޑް ބީ ޝޯ ހުޅުމާލޭގައި ފަށައިފި އެވެ.

ސެންޓްރަލް ޕާކުގައި އިއްޔެ ހަވީރު ބޭއްވި މި ޝޯގެ 9 ވަނަ އެޑިޝަން ލޯންޗްކޮށް ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

މި މަހުގެ 24 އަށް މި މައުރަޒު ކުރިއަށް ދާނެ އެވެ.

ހައިރައިޒުން އިންތިޒާމުކުރާ އެފް އެންޑް ބީ ޝޯ އަކީ، ކާބޯތަކެތީގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވެ، އެ ދާއިރާގެ އުފެއްދުންތެރިކަމާއި ފެންވަރު ދައްކާލުމަށް މަގުފަހިކޮށްދޭ މުހިންމު މަންސައެކެވެ.