Last Updated: June 6, 10:42
Saturday, June 6, 2026
ޚަބަރު

"ޓޭކިން ދަ ލީޑް" އައްޑޫ ގައި ފަށައިފި

"ޓޭކިން ދަ ލީޑް: ވިމެން އިން ޕޮލިޓިކްސް" ޕްރޮގްރާމް އައްޑޫގައި މިއަދު ފަށައިފި އެވެ.

ސޯޝަލް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އަންހެނުން ލީޑަޝިޕް ދާއިރާގައި އިތުރަށް ބާރުވެރި ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރަމެކެވެ. އެގޮތުން ހޮތަދޫގައި މިއަދު ފެށީ ޕްރޮގްރާމް މި މަހުގެ 25 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

މި ޕްރޮގްރާމަކީ، ސިޔާސީ މައިދާނުގައްޔާއި ނިންމުންތައް ނިންމާ ފަންތީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި، ހުނަރާއި، އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކުރުމުގެ މަޤްޞަދުގައި ފަރުމާކޮށްފައިވާ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.