މޯލްޑިވްސް ޕޯޓްސް ލިމިތެޑް (އެމްޕީއެލް) ގެ މުވައްޒަފަކު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
މިކަމާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އަމީން އަބްދުލްހަމީދު ކިޔާ 30 އަހަރުގެ މުވައްޒަފު ނިޔާވީ މިއަދު ހެނދުނު ޑިއުޓީގައި އުޅެނިކޮސް ކަމަށެވެ. އެގޮތުން އޭނަ ޑިއުޓީގައި ހުއްޓާ ފިޓު ޖެހި، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.
މި ކުންފުނީގެ މުވައްޒަފެއް ކަމަށްވާ އަމީން ޢަބްދުލްޚަމީދު ނިޔާވުމާ ގުޅިގެން، މަރުޙޫމްގެ ޢާއިލާއަށް މި ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ދަންނަވަމެވެ.
މި ހިތާމަވެރި ވަގުތުގައި މަރުޙޫމުގެ ފުރާނައަށް މާތްﷲ ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި… pic.twitter.com/NOiK1Caxk5— Maldives Ports Limited (@Portmv) January 22, 2026
އެ ކުންފުނިން ބުނީ އަމީނަށް ޑިއުޓީގައި ހުއްޓާ ފިޓުޖެހި، ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށް ކަމަށެވެ. އަދި އެ ހާދިސާ ހިނގުމާއެކު، އެ ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އިމަޖެންސީ ރެސްޕޮންސް ޓީމުން ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އަމީން އައިޖީއެމްއެޗަށް ގެންދިުތަ ކަމަށް ބުންޏެވެ.
އަމީނަކީ އެމްޕީއެލްގެ ފްލީޓް ސާވިސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއާ ޑެކް ހޭންޑެއްގެ މަގާމު އަދާކުރަމުން އައި މުވައްޒަފެެކެވެ. އޭނަ އެ ކުންފުންޏާ ގުޅުނީ 2020 ގަ އެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކުއްލި މަރުތައް އިތުރުވަމުންދާކަން ފާހަގަކޮށްފެ އެވެ. އަދި މިފަދަ މަރުތަކުގައި މަރުވާ ޒުވާނުން އިތުރެވެ.