Last Updated: June 6, 10:42
Saturday, June 6, 2026
ޚަބަރު

ނޫސްވެރިޔަކަށް މަރުގެ އިންޒާރު ދީފި

ނޫސްވެރިެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސް، އަހުމަދު ނާއިފަށް މަރުގެ އިންޒާރު ދީފި އެވެ.

ދައުރު ނޫހުގެ އެޑިޓަރެއްގެ މަގާމު ވެސް ފުރަމުން އަންނަ ނާއިފަށް މަރުފގެ އިންޒާރު ދީފައި ވަނީ ފޭސްބުކް މެސެންޖާ މެދުވެރިކޮށެވެ. ހުސެއިން މެސީގެ ނަމުގައި ހިންގާ އެކައުންޓަކުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކ. ގުރައިދު އަށް ނާއިފް އަރައިފި ނަމަ، ވަކިވަކި ކޮށްލާފައި ވިއްކާލާނެ ކަމަށެވެ.

މި މައްސަލަ އޭނަ މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.

މިއީ ނާއިފަށް މަރުގެ އިންޒާރު ދިން ތިންވަނަ ފަހަރެވެ.