އުމްރާ އަށް ގޮސް ހުރި ދިވެއްސެއްގެ ހާލު ދެރެވަ މައްކާގެ ހޮސްޕިޓަލެއްގެ ފަރުވާ ދެމުން އެބަދެ އެވެ.
ހާލު ދެރަވެ ފަރު ވާދެމުން އަންނަނީ ގިބްލަ ހައްޖު ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހަކަށެވެ. އޭނަގެ ދަރިޔަކު މިއަދު ސޯޝަލް މީޑިއާގައި ޕޯސްޓެއްގައި ބުނީ ބައްޕަ އަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި ބައްޕަގެ ބަލި ހާލަތަށް އެއްވެސް ކުރި އެރުމެއް ނާންނަ ކަމަށް ބުނެފައިވެ އެވެ.
މި ޗުއްޓީގައި ރާއްޖެއިން އުމްރާ އަށް ދިޔަ މީހުންގެ ތެރެއިން ތިން މީހަކު ނިޔާވެފައިވެ އެވެ. އެއީ އަލްމަނާސިކްގެ ހަވާލުގައި އުމްރާއަށް ދިޔަ 62 އަހަރުގެ ފިރިހެނަކާއި ސަފާ ގުރޫޕާއި ހިޖާޒް ގްރޫޕް އިން އުމްރާ އަށް ދިޔަ ދެ ފިރިހެނުންނެވެ.
މި ޗުއްޓީ ތެރޭގައި އުމްރާ އަށް ދިޔަ އެހެން މީހެއްގެ ހާލު ވެސް ގޯސްވެފައި ވަނިކޮށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވެ އެވެ. އެއީ ވެސް ފިރިހެނެކެވެ.