Last Updated: June 6, 10:42
Saturday, June 6, 2026
ޚަބަރު

މޯލްޑިވިއަނަށް ޕައިލެޓުން ހޯދަނީ

ގައުމީ އެއާލައިން މޯލްޑިވިއަނަށް ޕައިލެޓުން ހޯދަން އިއުލާންކޮށްފި އެވެ.

އެ އެއާލައިން އޮޕަރޭޓްކުރާ ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ބުނީ ޑީއެޗްސީ-6 އަށް ކެޕްޓަނުންނާއި ފަސްޓް އޮފިސަރުން ބޭޭނުންވާ ކަމަށެވެ. ޑީއެޗްސީ-6 ގެ ކެޕްޓަންގެ މަގާމު ޝަރުތުތަކުގެ ތެރޭގައި މަދުވެގެން 5،000 ގަޑިއިރުގެ ތަޖުރިބާ ލިބިފައިވުމާއެކު ޑީއެޗްސީ-6 މަރުކާގެ ފްލައިޓުން މަދުވެގެން 4،000 ގަޑިއިރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

މީގެ އިތުރުން ޑީއެޗްސީ-6 ފްލައިޓްގެ ކޮމާންޑްގެ ގޮތުގައި މަދުވެގެން 2،500 ގަޑިއިރުގެ ތަޖުރިބާ ލިބިފައިވުން ވެސް ހިމެނެ އެވެ.

ޑީއެޗްސީ-6 ފަސްޓް އޮފިސަރުގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މަދުވެގެން 1،000 ގަޑިއިރުގެ ތަޖުރިބާއާއެކު ޑީއެޗްސީ-6 މަރުކާގެ ފްލައިޓުން މަދުވެގެން 750 ގަޑިއިރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުހެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.