Last Updated: July 27, 13:32
Monday, July 27, 2026
ޚަބަރު

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު ވަކިކޮށްފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްމަޖީދު އެ މަގާމުން ވަކިކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖީދު މަގާމުން ވަކިކުރީ މިއަދު އެވެ. ނަމަވެސް އޭނާ އެ މަގާމުން ވަކިކުރި ސަބަބެއް އެނގިފައެއް ނުވެ އެވެ.

މަގާމުން ވަކިކުރިއިރު މަޖީދު ހުންނެވީ ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ބިދޭސީންގެ ކަންކަން ބަލަހައްޓާ، ފޮރިން ލޭބާ ޑިޕާޓްމަންޓްގެ އިސްވެރިޔަކަށެވެ. އަދި، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގެ ކަންކަން ބެލެހެއްޓުމުގައި ވެސް އޭނާ ގެންދެވީ އިސް ރޯލެއް އަދާކުރައްވަމުންނެވެ.