Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ދ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް

ދ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް ފަށައިފި އެވެ.

ދ. އަތޮޅު ހޮސްޕިޓަލުގައި މި ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މާލެއާއި އެއް ފެންވަރަށް ޑަޔަލިސިސް ސެންޓަރުގެ ހިދުމަތް ކޮންމެ އަތޮޅެއްގެ މައި ހޮސްޕިޓަލުން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މީގެ ކުރިން ބުނެފައިވެ އެވެ.

ޑަޔަލިސިސްގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތައާރަފް ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.