Last Updated: April 27, 22:41
Sunday, April 28, 2024
ޚަބަރު

ތިނަދޫއަށް ކަރަންޓް ފޯރުކޮށްދިނުމަށް ޖެނަރޭޓަރުތައް ގެންނަނީ

ތިނަދޫ ރައްޔިތުން ސާފު ތެޔޮ ގަތުމަށް ކިއު ހަދާފައި: ފޮޓޯ އަބްދުﷲ ސޯދިގް/އައްޑޫލައިވް

ގދ. ތިނަދޫ އިންޖީނުގޭގައި ރޯވެ، މުޅިތަން ބޭނުން ނުލުރޭވާ ހާލަތަށް ދިއުމާއި ގުޅިގެން އެރަށައް ވީހާވެސް އަވަހަށް ކަރަންޓް ދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫއަށް ކަރަންޓް ދިނުމަށް ވަގުތީ ގޮތުން ގއ. ވިލިނގިލިން 25 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި، ގއ. މާމެންދޫން 50 ކިލޯވޮޓްގެ އިންޖީނެއް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
injeenu

އަދި އިތުރު 150 ކިލޯ ވޮޓްގެ އިންޖީނެއް ލ. ގާދޫން މިއަދުގެ ވަގުތެއްގައި ގެންނަ އިރު އައްޑޫ މަރުކަޒީ އިންޖީނުގެއިން 1.6 މެގަވޯޓްގެ އިންޖީނެއް ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ ތިނަދޫ އިންޖީނުގައި ހިނގި އަލިފާނުގެ ހާދިސާގައި 22 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.

ރޭގެ ހާދިސާގައި ތިނަދޫ އިންޖީނުގޭގައި ބޭނުން ކުރަމުން ދިޔަ 1،000 ކޭވީ އާއި 720 އަދި 600 ކޭވީގެ ތިން ޖަނެރޭޓަރު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

ތިނަދޫއަށް މިރޭވެސް ކަރަންޓް ނުދެވޭނެތީ ގިނަ ބަޔަކު ދަނީ ތެޔޮ ބައްތި ތަކަށް އަޅާނެ ސާފު ތެޔޮ ހޯދުމަށް ދިގު ކިއޫ ހަދާފައެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާނެ އުއްބައްތި ފަދަ ތަކެތި ހޯދުމަށް ކައުންސިލުންވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.