Last Updated: June 6, 10:42
Saturday, June 6, 2026
ޚަބަރު

"އެކްރޮސް މޯލްޑިވްސް" ގެ ޕާޓްނަރަކަށް އުރީދޫ

ރާއްޖޭގެ ކަނޑުތަކާ މެދު ހޭލުންތެރިކަން އުފެއްދުމުގެ މަގުސަދުގައި "އެކްރޮސް މޯލްޑިވްސް" ގެ ނަމުގައި ރެކޯޑެއް ބާއްވަން ކުރިަށް ގެންދަން ނިންމާފައިވާ ޑައިވްގައި އުރީދޫއިން ބައިވެރިވެއްޖެ އެވެ.

މިއަދު ފަށާ މި ހަރަކާތުގައި 460 ކިލޯމީޓަރަށް ވުރެ ދިގު ރާސްތާއެއް ކަނޑުއަޑިން ކަޑައްތުކުރާނެ އެވެ. އަދި 90 ގަޑިއިރަށް ވުރެ ގިނަ ވަގުތު ކަނޑު އަޑީގައި ހޭދަކުރާނެ އެވެ.

މި ހަރަކާތުގެ މަގުސަދަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި ކަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް އާންމުން ހޭލުންތެރި ކުރުވުމެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ކަނޑުތައް ހިމާޔަތް ކުރުމަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ދުނިޔޭގެ ރެކޯޑް މުގުރާލުމަށް "އެކްރޮސް މޯލްޑިވްސް" ގެ ޑައިވްގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެ ކުންފުނިމް ބުނީ މި ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫން މި އެކްސްޕެޑިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެ ގޮތުން ޑިޖިޓަލް ކަނެކްޓިވިޓީގެ ޒަރިއްޔާއިން ރާއްޖޭގެ ކަނޑުތަކުގެ ވާހަކަ މުޅި ދުނިޔެއާ ހިއްސާ ކުރެވިގެންދާނެ ކަމަށް ބުންޏެވެ.

މި ޕާޓްނާޝިޕްގެ ސަބަބުން އުރީދޫ މޯލްޑިވްސް އިން ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުގައި ކުރިއަށްދާ އިނޮވެޓިވް މަސައްކަތްތައް ކުރިއެރުވުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދެ އެވެ.

"އެކްރޮސް މޯލްޑިވްސް 2026"ގެ އަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ދިވެހި ޑައިވަރު ޝަފްރާޒް ނައީމްއާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެކެވެ.