Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ދެކުނުގެ 4 އަތޮޅު ގުޅާލަން ތައްޔާރުވެއްޖެ

ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުން ގުޅާލަން މޯލްޑިވިއަނުން ތައްޔާރުވެއްޖެ އެވެ.

އައިލޭންޑް އޭވިއޭޝަން ސާވިސެސް އައިއޭއެސް) އިން އޮޕަރޭޓްކުރާ އެއާލައިނުން ބުނީ އައްޑު އައި ފުވައްމުލަކާއި ގދ. އަތޮޅުގެ އިތުރުން އަދި ގއ. އަތޮޅު ގުޅައިލާނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެގޮތުން އެ ހަތަރު އަތޮޅުގެ ހަތަރު އެއާޕޯޓު ވައިގެ އެއް އެއާޕޯޓު އަނެއް އެއާޕޯޓާ ގުޅުވާލައި ދަތުރުތައް ފަށަން އެކުންފުނިން ތައްޔާރުވެފައިވާ އިރު، ދަތުރުތަކަށް ބުކިންސް ހެދުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ދެކުނުގެ ދަތުރުތަކާއި އަގުތައް:

* ގަން-ފުވައްމުލައް: 500ރ
* ފުވައްމުލައް-ކޫއްޑޫ: 650ރ
* ފުވައްމުލައް-ކާޑެއްދޫ: 650ރ
* ގަން-ކާޑެއްދޫ: 900ރ
* ގަން-ކޫއްޑޫ: 900ރ.

މޯލްޑިއަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ވީ މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ އެންމެ ކުދި ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރާ ޓްވިން އޮޓަ މަރުކާގެ ބޯޓުތަކުގައި ކަމަށެވެ. އެއީ 15 މީހުންގެ ޖާގައިގެ ކުދި ބޯޓުތަކެކެވެ.

އެކުންފުނިން ބުނީ ދެކުނުގެ އަތޮޅުތައް ގުޅުވާލުމަށް ކުރަމުން އަންން މަސައްކަތަކީ ޓްރާންސްޕޯޓް މިނިސްޓްރީން ސަރަހައްދީ ދަތުރުފަތުރު ހަރުދަނާ ކުރުމަށް ގެންގުޅޭ ސިޔާސަތާއި އެއްގޮތްވާ ގޮތުގު މަތިން ފަށާ ކަމެއް ކަމަށެވެ. އަދި މި ދަތުރުތައް ފެށުމުން އެ ސަރަހައްދުގެ ވައިގެ އުދުހުންތަކުގެ ހަބަކަށް އައްޑޫ ގަން ވެގެންދާނެ ކަމަށް ވެސް ބުންޏެވެ.

އެގޮތުން ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅައިލުމުން އެ ސަރަހައްދުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބި އަމިއްލަ ދަތުރުތަކާއި ތަޢުލީމާއި އަދި އެ ނޫން ވެސް ޒަރޫރީ ބޭނުންތަކަށް އަތޮޅުތަކުގެ މެދުގައި ކުރާ ދަތުރުތަކަށް މަގުފަހިވެގެންދާ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.

އެ ކުންފުނިން ބުނީ މިދަތުރުތައް ފެށުމުން އެ ސަރަހައްދުގެ ރައްޔިތުންގެ އިތުރުން ޓޫރިޒަމް ސިނާޢަތަށްވެސް ކުރިއެރުން ލިބޭނެ ކަމަށެވެ. އެގޮތުން ގަމަށް އަންނަ ޓޫރިސްޓުން އެ ސަރަހައްދުގެ އެހެން ރަށްތަކަށް ދަތުރުކުރުމަށް އެއް ވިއުގެއެއްގެ ތެރެއިން މަގުފަހި ވެގެންދާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ ރިސޯޓުތަކާޢި ގެސްޓް ހައުސްތަކާއި އަދި ޓޫރިޒަމާ ގުޅުންހުރި އެހެން ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ފައިދާވާނެ އެވެ.