Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ކަންނެލި މަހަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މިފްކޯ އިން ބޮޑު ކަންނެލި ގަންނަން ފެށި ފަހުން މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ބޮޑު ކަންނެލީގެ މަސްވެރިންނށް ދޫކޮށްފި އެވެ.

އެ ކުންފުނިން އެންމެ ފުރަތަމަ މި މަހުގެ 11 އިން ފެށިގެން ގަންނަން ފެށީ 15 ކިލޯ އިން މަތީގެ ކަންނެއްޔެވެ. ނަމަވެސް މީގެ ދެ ދުވަސް ކުރިން ވަނީ 10 ކިލޯ އިން މަތީގެ ކަންނެލި ވެސް ގަންނަން ފަށައިފަ އެވެ. އެގޮތުން 15 ކިލޯ އިން މަތީގެ ކަންނެލި ގަންނަނީ ކިލޯއެއް 20ރ. އަށެވެ. އަދި 15 ކިލޯ އިން މަތީގެ ކަންނެލި ގަންނަނީ ކިލޯއެއް 25ރ. އަށެވެ.

މިފްކޯ އިން ބުނީ ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި މަހުގެ 18 އިން ފެށިގެން 21 އާ ހަމައަށް ކަންނެލީގެ މަސްވެރިންނަށް ޖުމްލަ 1،122،055 ރުފިޔާ ދޫކޮށްފައިވެ އެވެ.

ބޮޑު ކަންނެލި މަސްވެރިކަމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ވަރަށް ބޮޑު ޙިއްސާއެކެވެ. ނަމަވެސް ސަރުކާރުގެ މަސް ކުންފުންޏަށް މިހާތަނަށް ކަންނެލި ގަންނަމުން ނުދާތީ ބޮޑު ކަންނެލީގެ މަސްވެރިން އައީ ކަންބޮޑުވުން ފާޅުކޮށް، މިކަމަށް ހައްލެއް ހޯދަން ސަރުކާރާ މަޝްވަރާ ކުރަމުންނެވެ.

އެގޮތުން ގިނަ ދުވަސްތަކެއް ފަހުން މިކަން ކާމިޔާބުވުމާ ގުޅިގެން ބޮޑު ކަންނެލީގެ މަސްވެރިންގެ ޔުނިއަން އިން މަރުހަބާ ކިޔާފައިވެ އެވެ.