ގައުމީ އެއާލައިން، މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކަށް ޓިކެޓުގެ އަގުތައް ކަނޑައަޅަނީ ވިޔަފާރި އުސޫލަށް ވުރެ ބޮޑަށް ރައްޔިތުންނަށް ލުއި ލިބޭނެ ގޮތަށް ކަމަށް އެ އެއާލައިން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) މެނޭޖިން ޑިރެކްޓަރު އިބްރާޙީމް އިޔާސް ވިދާޅުވެއްޖެ އެވެ.
ނ. ވެލިދު އަށް ސީޕްލޭންގެ ހިދުމަތް ފަށަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ އެތެރޭގެ އުދުހުންތަކަށް ކަނޑައަޅާ އަގުތަކަކީ އަތްނުފޯރާ ފަށުގެ އަގުތަކެއްކަމަށް ބައެއް ފަރާތްތަކުން ބުނާ ކަމަށެވެ. އެމަށް އިޝާރާތްކު ރައްވައި އިޔާސް ވިދާޅުވީ، މި ވަގުތުގެ ހާލަތަށް ބަލާއިރު މޯލްޑިވިއަނުން ކަނޑައަޅާފައި ވަނީ އަތްފޯރާ ފަށުގެ އަގުތަކެއް ކަމަށެވެ.
"ޓިކެޓުގެ އަގުތަކަކީ މިވަގުތު އަތްފޯރާ ފަށުގައި ހުރި އަގުތަކެއް ކަންވެސް މި ދަނޑިވަޅުގައި ފާހަގަކޮށްލަން،" އޭނަ ވިދާޅުވި އެވެ. "މިއީ ވިޔަފާރި އުސޫލަށް ވުރެ ބޮޑަށް މިރަށުގެ ރައްޔިތުންނަށް މިކަމުގައި ލުއި ލިބޭނެފަދަ ގޮތަަކަށް ސަރުކާރާއި މޯލްޑިވިއަނުން ގުޅިގެން ކަނޑައަޅާފައިވާ އަގުތަކެއް އެގޮތުން މާލެ ވެލިދޫ ލޯކަލް ޓިކެޓެއްގެ އަގަކީ 999 ރުފިޔާ. އަދި ޓޫރިސްޓުންނަށް ޓިކެޓް ވިއްކާ އަގަކީކީ 93 އެމެރިކާ ޑޮލަރު."
އިޔާސް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ ދަތުރުފަތުރުގެ ހަރުދަނާ ނިޒާމަކުން ރަށްތައް ގުޅުވާލައި ރައްޔިތުންނަށް ހިތްފަސޭހަ ޚިދުމަތެއް ފޯރުކޮ ށްދިނުން ކަމަށެވެ.