ބޮލީވުޑުން މީގެ 37 އަހަރު ކުރިން އުފެއްދި ފިލްމެއް މުޅިން އަލަށް ސިނަމާތަކަށް ގެންނަން ތައްޔާރުވާން ފަށައިފި އެވެ.
މި ފިލްމަކީ ރަޖްނީކާންތާއި ހެމާ މާލިނީގެ އިތުރުން ޝަތުރުގަން ސިންހާ މުހިއްމު ރޯލުތައް ކުޅެފައިވާ "ހަމް މޭ ޝެހެންޝާ ކޯން؟" އެވެ. މި ފިލްމަކީ 1989 ގައި ރާޖާ ރޯއި ފިލްމްސް އަށް ހަރްމޭޝް މަލްއުތުރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
އެކިއެކި ސަބަބުތަކާ ހެދި "ހަމް މޭ ޝެހެންޝާ ކޯން؟" ބެލުންތެރިންނަށް ގެނެސްނުދެވި އެތައް އަހަރެއް ފާއިތުވެފައި ވަނިކޮށް، މި ފިލްމު، މި ޒަމާނުގެ ޓެކްނިކަލް މަސައްކަތްތަކާ އެކު، އޭގެ މަސައްކަތް ނިންމައި، ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ އިރު، ބެލުންތެރިންނަށް ދޫކޮށްލާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މި ފިލްމާ ބެހޭ ގޮތުން ޕްރޮޑިއުސަރު ރާޖާ މީޑިއާތަކަށް ބުނީ ކޮންމެވެސް ދުވަހަކުން "ހަމް މޭ ޝެހެންޝާ ކޯން؟" ބެލުންތެރިންނަށް ގެނެސްދެވޭނެ ކަމަށް އުންމީދުކޮށްގެން ހުރި ކަމަށެވެ. އެހެންވެ އެކަން މިހާރު ހަގީގަތަކަށްވާތީ ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ.
"އުންމީދު ކުރަނީ ބެލުންތެރިންނަށް ފިލްމު ވަރަށް ކަމުދާނެ ކަމަށް." ރާޖާ ބުންޏެވެ.
"ހަމް މޭ ޝެހެންޝާ ކޯން؟" ގެ ކާސްޓްގައި އަނީރާ ރާޖާއި ޕްރޭމް ޗޯޕްޅާ އާއި ޝަރަދު ސަކްސޭނާގެ އިތުރުން މަރުވެފައިވާ އެކްޓަރުން ކަމަށް އަމްރިޝް ޕޫރީ އާއި ޖަހްދީޕް ވެސް ހިމެނެ އެވެ.