Last Updated: June 6, 06:06
Saturday, June 6, 2026
މުނިފޫހިފިލުވުން

"ތެރެ އިޝްގޭ މޭ" ނެޓްފްލިކްސް އަށް

ބޮލީވުޑްގެ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ތެރެ އިޝްގް މޭ" ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.

މި ފިލްމަކީ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ކަލަ ޔެލޯ ޕްރޮޑަކްޝަނާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދިން ރޮމޭންޓިކް ޑްރާމާއެކެވެ. "ތެރެ އިޝްގް މޭ" ގެ ލީޑް ރޯލު ކުޅުނީ މަޝްހޫރު ތަމަޅަ އެކްޓަރު ދަނޫޝް އާއި ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ބަތަލާ ކްރިތީ ސެނަން އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޕްރަކާޝް ރާޖް، ޓާޓާ ރޯއި ޗައުދަރީ، ޕްރިޔަންޝޫ ޕައިނޫލީ، ވިނީތު ކުމާރު ސިންގް އަދި މުހައްމަދު ޒީޝާން އައްޔޫން ހިމެނެ އެވެ.

ނޮވެމްބަރު މަހުގެ 28 ގައި ރިލީޒްކުރި "ތެރެ އިޝްގް މޭ" އަށް ބޮކްސް އޮފީހުގައި 161 ކްރޯޑް ރުޕީސް (17.7 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު އިރު، ފިލްމު ހެދީ ޖުމްލަ 85 ކްރޯޑް ރުޕީސް (9.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.