Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ކާތަކެތި ތައްޔާރު ކުރުމުގެ މުބާރާތަކަށް ހުޅުވާލައިފި

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން ކާބޯތަކެތި ތައްޔާރު ކުރުމުގެ މުބާރާތެއް ބާއްވަން ނިންމައި އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީން އިންތިޒާމު ކުރާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 28 އާ ހަމައަށެވެ. ބާރާތަށް އިންސާފު ކުރުން އޮންނާނީ މި މަހުގެ 31 ގަ އެވެ.

މުބާރާތުގައި ބައިވެރި ކުރެވިދާނެ ބާވަތްތައް ފަސް ބަޔަކަށް ބަހާލާފައިވެ އެވެ.

* ހަވާދުގެ ބާވަތްތައް (10 ބާވަތެއް)
* އަސާރަތައް / މުރުއްބާ (6 ބާވަތެއް)
* ކެއްކިފަނި/ކަނދި (15 ބާވަތެއް)
* ސަޓަނި/ މަސްހުނި/ބޮނޑިބަތް ހިމެނޭ ފޮނިކާތަކެތި (26 ބާވަތެއް)
* ހެދިކާ (15 ބާވަތެއް)

މިއިން ކޮންމެ ބާވަތަކުންވެސް އެއް ވަނަ އަށް 5،000ރ. ރުފިޔާ ފެވަނަ އަށް 3،000ރ. ތިން ވަނަ އަށް 1،000ރ. ގެ ފައިސާ އިނާމު ދޭނެ އެވެ.

މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ހެރިޓޭޖް މިނިސްޓްރީގެ އިވެންޓްސް އެންޑް އައުޓްރީޗް ސެކްޝަންގެ ނަމްބަރު 7699595 އިން ހޯދޭނެ އެވެ.

މިނިސްޓްރީން ބުނީ މި މުބާރާތުގެ މަގުސަދަކީ، ޒަމާނުއްސުރެ ރޯ ދަމަހަށް ތައްޔާރުވުމުގެ ގޮތުންނާއި ރޯދަ މަހު، ދިވެހީން އާންމުކޮށް ބޭނުން ކުރަމުން އަންނަ ކާބޯތަކެތި އޭގެ އަސް ލާއެއްގޮތަށް އުފައްދައި، މުޖުތަމައުގައި އެ ތަކެތި އާލާ ކުރުން ކަމަށެވެ.