ހިދުމަތްތަކުގެ އަގު ކުޑަކުރުމާ ގުޅިގެން އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އަލުން އާސަންދައިގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލަކީ ވަރަށް ގިނަ ދިވެހިން ހިދުމަތް ހޯދާ ތަނެކެވެ.
މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން އެންސްޕާ އިން މެދުކަނޑާލީ 2024 ގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއީ ގިނަ ހިދުމަތްތަކުގެ އަގުތައް ބޮޑުވުމާ ގުޅިގެންނެވެ. އެހެންވެ އޭގެ ފަހުން ދިޔައީ އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރަމުންނެވެ.
އެންސްޕާ އިން ބުނީ އަލުން އަލުން އާސަންދަ ދޭން ފެށީ ހިދުމަތްތަކުން ނަގާ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމާ ގުޅިގެން ކަމަށެވެ.
އާސަންދަ މެދުވެރިކޮށް ހިދުމަތް ދޭން ބޭރުގެ 60 ހޮސްޕިޓަލަކާ އެކު އެންސްޕާ އިން ސޮއިކޮށްފައިވާ އިރު، އޭގެ ތެރެއިން 49 ތަނަކީ އިންޑިއާގެ ހޮސްޕިޓަލްތަކެވެ