ތައުލީމަކީ ދެމެހެއްޓެނިވި ތަރައްގީ އާއި ކުރިއެރުމުގެ ބިންގާ ކަމަށާއި އޭގެ ސަބަބުން ގައުމަށް ފާގަތިކަން އަންނާނ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ތައުލީމާ ބެހޭ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ މިއަދު ކަށަވަރުކޮ ށްދެނީ، ތައުލީމުގެ ކޯ ކްރިއޭޓަރުންގެ ގޮތުގައި ޒުވާނުން ބާރުވެރި ކުރުމަށާއި، އުނގެނުމަކީ ހުރިހާ ފަރާތްތަކެއް ހިމެނޭ، ގުޅުންހުރި، އަދި ބަދަލުކުރަނިވި ކަމެއްކަން ކަށަވަރުކުރުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރަކީ ގައުމީ ތަރައްގީގައި ތައުލީމުގެ މުހިންމުކަން ދެނެގަނެ، އެކަމަށް ވަރަށް ބޮޑަށް މަގުފަހިކޮށް ދެމުން އަންނަ ސަރުކާރެއް ކަމަށެވެ. އެގޮތުން ފާއިތުވި ދެ އަހަރު ތެރޭގައި ފުރަތަމަ ޑިގްރީ ސްކީމް މެދުވެރިކޮށް 6،000 އަށް ވުރެ ގިނަ ދަރިވަރުން ގްރެޖުއޭޓްވެފައިވާ އިރު، ސްޓޫޑެންޓް ލޯނުގެ ގޮތުގައި އެއް ބިލިއަން އެމްވީއާރު އަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
clr < r="p://r.co//IrolDyOdco?rc=&p;r_rc=rc%5">#IrolDyOdco>, r rdd dco odo o l dvlop d lol pror. Tody, rr or co o por yo co-cror o dco, r lr clv, rlv, d… < r="p://.co/VcJUT2T">pc.r.co/VcJUT2T>
&d; Dr Mod Mzz (@MMzz) < r="p://r.co/MMzz//2014921252759335354?r_rc=rc%5">Jry 24, 2026>
ރައީސް ވިދާޅުވީ އަމާޒަކީ ހަމައެކަނި ތައުލީމަށް ދަރިވަރުންނަށް ފަހުކޮށްދޭ ފުރުސަތުތައް ފުޅާކޮށްގެން، ފަރުދީ މުސްތަގްބަލް ބައްޓަން ކުރުމެއް ނޫން ކަމަށެވެ. އަދި އެއަށް ވުރެ ފުޅާކޮށް، ހަމަހަމަ ފުރުސަތުތައް ފަހިކޮށް ފާގަތި ގައުމެއް ބިނާ ކުރަމަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ކޮންމެ ދަރިވަރަކަށް ވެސް ކުރިއަރައި، ޖަމާއަތުގެ ތަރައްގީ އަށް ހިއްސާ ކުރުމުގެ ފުރުސަތު ލިބިގެންދާނެކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.