ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ދެވަނަ ބުރުގެ ބައިވެރިން ޓްރެއިނިން އަށް ޅ. މާފިލާފުއްޓަށް ފުރައިފި އެވެ.
ދެވަނަ ބެޗްގައި 350 ޒުވާނުން ހިމެނެ އެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެމްއެންޑީއެފުންނެވެ.
މި ޕްރޮގްރާމުގެ ދެވަނަ ބުރަށް ފުރި ބައިވެރިން މާފިލާފުށީގައި ތިން މަސްދުވަހުގެ ތަމްރީނުތައް ފުރިހަމަ ކުރާނެ އެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 344 ޒުވާނުން ދަސްވެނިވިފައިވެ އެވެ. އަދި އޭގެ ތެރެއިން 66 ބައިވެރިޔަކު މިހާތު އަންނަނީ ބ. ކިހާދޫގައި ފަންނީ ދާއިރާތަކުން ތަމްރީނުތަކެއް ހަދަމުންނެވެ.