Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ސާފް ފުޓްސަލް ޗެމްޕިއަންކަން ރާއްޖެ އަށް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުން ބޫޓާން އަތުން 3-1 އިން މޮޅުވެ، ރާއްޖޭން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިި އެވެ.

ރާއްޖެއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބާކީ އެއް މެޗު އޮއްވައި، މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ. މިއީ ސާފް އިން މުޅިން އަލަށް ބޭއްވި ފުޓްސަލް މުބާރާތެކެވެ.

ތައިލެންޑްގެ ނޮންތަބުރީީ އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބޫޓާނުންނެވެ. އެގޮތުން ބޫޓާނުން އުފެއްދި ކައުންޓަ އެޓޭކެއްގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޖިގްމޭ ޝަލްޓްރިމް އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އަބްދުﷲ ޖުނައިދު ވަނީ ރާއްޖެއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު އަހުމަދު ހަމީދު ރާއްޖެއަށް ލީޑު ނަގައިދިންއިރު، ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން މުޙައްމަދު އިމްރާާން (އިންމި) އެވެ. މި ދެ ގޯލަށްފަހު ވެސް ދެވަނަ ހާފުގައި ރާއްޖެއަށް ލީޑު ފުޅާކޮށްލަން އިތުރު ފުރުސަތުތަކެއް ލިބުނުއިރު، ރާއްޖެއިން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ބޫޓާންގެ ކީޕަރުގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލިކުރިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވީ 6-1 ގެ ނަތީޖާއަކުންނެވެ. ތިން ވަނަ މެޗުގައި، އިންޑިއާ އަތުން 5-0 އިން މޮޅުވިއިރު، ހަތަރު ވަނަ މެޗުގައި ނޭޕާލް އަތުން 2-1 އިން މޮޅުވި އެވެ.

ރާއްޖޭން ފަހު މެޗުގައި ލަންކާއާ ކުޅޭނީ ހޯމަ ދުވަހު އެވެ.