އުމްރާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެހި މީހާ ނިޔާވެއްޖެ އެވެ.
ނިޔާވީ ގިބްލަ ހައްޖު ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ ހދ. ވައިކަރަދޫ، ސާނިޔާ، މުޙައްމަދު ހަސަން އެވެ. އޭނާ ނިޔާވީ މައްކާގެ އަލް ނޫރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
މި ޗުއްޓީގައި ރާއްޖެއިން އުމްރާ އަށް ދިޔަ މީހުންގެ ތެރެއިން ތިން މީހަކު ނިޔާވެފައިވެ އެވެ. އެއީ އަލްމަނާސިކްގެ ހަވާލުގައި އުމްރާއަށް ދިޔަ 62 އަހަރުގެ ފިރިހެނަކާއި ސަފާ ގުރޫޕާއި ހިޖާޒް ގްރޫޕް އިން އުމްރާ އަށް ދިޔަ ދެ ފިރިހެނުންނެވެ.
މި ޗުއްޓީ ތެރޭގައި އުމްރާ އަށް ދިޔަ އެހެން މީހެއްގެ ހާލު ވެސް ގޯސްވެފައި ވަނިކޮށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވެ އެވެ. އެއީ ވެސް ފިރިހެނެކެވެ.