Last Updated: June 6, 06:06
Saturday, June 6, 2026
މުނިފޫހިފިލުވުން

'ކިންގް' އަންނަ ތާރީހު ކަށަވަރުވެއްޖެ

މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ 'ކިންގް' ރިލީޒްކުރާ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.

އޭނަގެ ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ޑައިރެކްޓަރު ސިދާތު އާނަންދުގެ މާފްލިކްސް ޕިކްޗާސް ގުޅިގެން ގެނެސްދޭ މި އެކްޝަން ތުރިލާ ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައި ވަނީ ޑިސެންބަރު މަހުގެ 24 ގަ އެވެ.

ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ކިންގް' އަކީ 2023 ގެ 'ޕަތާން' އަށް ފަހު ސިދާތާއި ޝާހްރުކްގެ ޓީމުން އެކީގައި އަންނަ ފިލްމެވެ.

ބޮޑު ކާސްޓެއް ހިމެނޭ ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ދީޕިކާ ޕަދްކޯނާއި އަނިލް ކަޕޫރާއި ރާނީ މުކަރްޖީ އާއި އަބީޝެކް ބައްޗަނާއި އަރުޝަދު ވަރްސީ އާއި ޖެކީ ޝްރޮފާއި ސޯރަބް ޝުކްލާ އާއި ރާގަވް ޖުޔަލް އާއި ޖައިދީޕް އަހުލުވާތާއި އަކްޝޭ އޮބެރޯއީ އާއި ކަރަންވީރު މަލްއުތުރާގެ އިތުރުން ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާމް ހިމެނެ އެވެ.

'ކިންގް' އަކީ ސުހާނާގެ ދެވަނަ ފިލްމެވެ. އޭނަގެ ފުރަތަމަ ފިލްމަކީ ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ 2023 ގެ 'ދި އާޗީސް' އެވެ.