ފަހަރުގައި މިއީ ލެގޯ އަށް ލޯބިކުރާ މީހުންނަށް ހަމަ ވަރަށް ހާއްސަ ވާހަކައަކަށް ވެދާނެ އެވެ. ސަބަބަކީ ލެގޯ ބްރިކްސް އަށް ލޯބި ޖެހިފައި ތިިބި މީހުންނަށް ލެގޯ ކްރޮކްސް ގެނެސްދޭން އުޅޭތީ އެވެ. އެހެންވެ މިއީ އާ ގޮތަކަށް ލެގޯގެ ބޭނުން ހިފޭނެ އުފެއްދުމެކެވެ.
މި ފަހަރު ލެގޯ އަންނަން މި އުޅެނީ އަރަން ބޭނުން ކުރާ ފައިވާނެއްގެ ގޮތުގަ އެވެ؛ އެއީ ލެގޯ ކްރޮކްސް އެވެ.
ކްރޮކްސް އަކީ މިހާރު އާންމުންގެ ތެރޭގައި ހަމަ ވަރަށް މަގުބޫލު އުފެއްދުމެކެވެ. އެމެރިކާގެ އެ ކުންފުންޏާ ގުޅިގެން ޑެންމާކްގެ ލެގޯ ކުންފުނި ގ ލެގޯ ކްރޮކްސް ނެރެން ނިންމާފައި ވަނީ އަންނަ މަހުގެ 16 ގަ އެވެ. މި އުފެއްދުން ފުރަތަމަ ނެރެން ނިންމާފައި ވަނީ ބޮޑެތި މީހުންނަށް ހާއްސަކޮށްގެންނެވެ. އަގު އުޅޭނީ 150 ޑޮލަރުގަ އެވެ.
ލެގޯ އިން ބުނީ އަންނަ މަހު ބޮޑެތި މީހުންގެ ލެގޯ ކްރޮކްސް ނެރުމަށް ފަހު މި އަހަރުގެ ބަހާރު މޫސުމުގައި ވެސް އިތުރު ސައިޒްތަކެއް ނެރޭނެ ކަމަށެވެ.
ލެގޯ އާއި ކްރޮކްސް އިން ވެސް ބުނީ އަލަށް ނެރެން އުޅޭ އުފެއްދުމަކީ ކަސްޓަރުންނަށް ވަރަށް ކަމުދާނެ އެއްޗަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.