Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ސަމާލުވާތީ! އެޗްޑީސީގެ ނަމުގައި މައުލޫމާތު ހޯދަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި އޮޅުވާލައިގެން އާންމުންގެ މައުލޫމާތު ހޯދާތީ ސަމާލުވާން އެ އެ ކުންފުނިން ޢިލްތިމާސްކޮށްފި އެވެ.

އެޗްޑީސީން ބުނީ އެތަނުގެ ނަމުގައި ވައިބާ އައި އެސްއެމްއެސް އަދި އާދައިގެ ފޯނު ކޯލުތައް މެދުވެރިކޮށް އާންމުންގެ މަޢުލޫމާތު ހޯދަމުން ދާ ކަމަށެވެ.

ނަމަވެސް ހައުސިން މަޝްރޫޢުތަކާއި ސޯޝަލް ހައުސިންގނުވަތަ ފްލެޓްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމަށް އެ ކުންފުނިން ވައިބާ ނުވަތަ އާދައިގެ ފޯނު ކޯލު މެދުވެރިކޮށް އާންމުންނަށް ނުގުޅާނެކަމުގެ ޔަޤީންކަން ދޭ ކަމަށް އެޗްޑީސީން ބުންޏެވެ. އެހެންވެ އެފަދަ ފޯނު ކޯލުތަކާއި މެސެޖްތަކަށް ސަމާލުވުމަށް ޢިލްތިމާސްކޮށްފައެވެ.

މީގެ ކުރިން ވެސް އެޗްޑީސީގެ ނަމުގައި ސްކޭމްތައް ހިންގާފައިވެ އެވެ.