Last Updated: June 6, 09:11
Saturday, June 6, 2026
ޚަބަރު

މެނުއަލްކޮށް ވެސް ފޯމު ބަލައިގަންނަން ގޮވާލައިފި

ލޯކަލް ކައުންސިލާއި އަންހެނުން ކޮމެޓީގެ އިންތިހާބުގައި ވާދަކުރަން މެނުއަލްކޮށް ވެސް ފޯމު ބަލައިގަންނަން އެމްޑީޕީން ގޮވާލައިފި އެވެ.

ކައުންސިލް އިންތިހާބަށް ހަމަޖައްސާފައިވާ އެ ޕާޓީގެ ތަރުޖަމާން، ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ކުޑަކަމުން، މެނުއަލްކޮށް ވެސް ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ގޮވާލާ ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް އޮންލައިންކޮށް ކުރިމަތިލުމަށް ގިނަ ދަތިތަކެއް ކުރިމަތިވާތީ، 24 ގަޑިއިރު އޮންލައިންކޮށް ކުރިމަތިލެވޭނެ އިންތިޒާމު ވެސް އީސީން ހަމަޖައްސަން ޖެހޭ ކަމަށެވެ.

އިންތިހާބަށް ކުރިމަތިލާން ދިން ސުންގަޑި ހަމަވާނީ އަންނަ މަހުގެ 1 ގެ މެންދުރު 3:30 އަށެވެ. ކުރިމަތިލާން ހުޅުވައިލީ މި މަހުގެ 17 ގަ އެވެ.

ކައުންސިލްތަކުގެ އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބު އޮންނާނީ އަންނަ އެޕްރީލް މަހުގެ 4 ގަ އެވެ.