އާ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ލަވް ރަންޖަން ބުނެފި އެވެ.
ލަވް ފިލްމްސްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގަމުން އަންނަ ހުނަރުވެރި ޕިންކްވިލާ ދިން އިންޓަވިއުއެއްގައި ބުނީ ދެން ހަދަން ނިންމާފައިވާ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ވަރަށް ބާރަށް މިހާރު ކުރިއަށްދާ ކަމަށެވެ. އެހެންވެ އިތުރު ތަފުސީލަކަށް ނުގޮސް ލަވް ބުނީ މާ ލަސްތަކެއް ނުވެ ފިލްމު އިއުލާން ކުރާނެ ކަމަށެވެ.
އޭނަ ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރްގެ 2023 ގެ ރޮމޭންޓިކް ކޮމެޑީ 'ތޫ ޖޫޓީ މޭ މައްކާރް' އެވެ.
'ޕިޔާރު ކާ ޕަންޗްނާމާ' އާއި 'އާކާޝް ވާނީ' ވެސް ގެނެސްދިން 43 އަހަރުގެ ޑައިރެކްޓަރުގެ ކެރިއަރުުގެ އެންމެ ކާމިޔާބު ފިލްމަކީ 2018 ގެ 'ސޯނޭ ކޭ ޓިޓޫ ކީ ސްވީޓީ' އެވެ.
ލަވް އާންމުންގެ ތެރޭގައި މަޝްހޫރީ ހިތްގައިމު ލައިޓްހާޓެޑް ފިލްމުތައް ގެނެސްދޭ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.
އޭނަގެ ލަވް ފިލްމްސްގެ އެންމެ ފަހުގެ ފިލްމަމކީ މިދިޔަ އަހަރު އަންޝުލް ޝަރުމާ ޑައިރެކްޓްކޮށް ގެނެސްދިން އަޖޭ ދޭވްގަންގެ 'ދޭ ދޭ ޕިޔާރު ދޭ 2' އެވެ. އެތަނުން ދެން އެންމެ އަވަހަށް ގެނެސްދޭނެ ފިލްމަކީ ނީނާ ގުޕްތާ އާއި ސަންޖޭ މިޝްރާގެ 2022 ގެ ފިލްމު 'ވަދު' ގެ ދެވަނަ ބައެވެެ.