Last Updated: June 6, 10:42
Saturday, June 6, 2026
ޚަބަރު

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިންމައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކައި ނިންމައިފި އެވެ.

މި ފިޔަވަހީގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.

މި މަޝްރޫޢަކީ ސެޕްޓެމްބަރު 22، 2023 ގައި ފެށި މަޝްރޫޢެކެވެ. ތިން މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގެ ފުރަތަމަ ދެ މަރުހަލާ ކުރިން ހަވާލުކޮށްފައި ވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާއެވެ.

ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް މަޑުޖެހެމުން ދިއުމާ ގުޅިގެން، މަސައްކަތް އަވަސްކުރުމަށްޓަކައި ސަރުކާރުން ވަނީ މި މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފަ އެވެ.

އެއާ އެކު އެމްއޭސީއެލުންމަސައްކަތް ފެށީ މިދިޔަ ނޮވެމްބަރު މަހުގެ 10 ގަ އެވެ. އަދި މަސައްކަތުގެ ސްޕީޑް އިތުރަށް އަވަސްކުރުމަށްޓަކައި، އެ މަހުގެ 28 އިން ފެށިގެން ބޮސްކާލީސްގެ 22،000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ބޮޑު "ޓްރެއިން ސަކްޝަން ހޮޕަ ޑްރެޖާ" ބޭނުންކުރި ވެ.

އެގޮތުން ބިން ހިއްކުމިހެ މަރުހަލާގެ 40 ހެކްޓަރުގެ ބިން ހިއްކާފައި ވަނީ މަސްދުވަހުގެ ތެރޭގަ އެވެ.