މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި ކުޅުދުއްފުށިން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީ ގުލާބީގެ، ޢަބްދުއްސައްތާރު ޢަލީ، 55، އެވެ.
ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ މި މަހުގެ 22 ވަނަ ދުވަހު ކުޅުދުއްފުށީގެ މަގެއްގެ މަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ރަބަރުކޮޅު ފެނިގެން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ސައްތާރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 7 ދުވަސް ޖަހާފައިވެ އެވެ
މި މައްސަލަ ފުލުހުން އަންނަނީ އިތުރށް ތަހުގީގު ކުރަމުންނެވެ.