Last Updated: June 3, 20:41
Thursday, June 4, 2026
ޚަބަރު

އޮޅުވާލައިގެން ފައިސާ ހޯދާ ބިދޭސީންތަކެއް ހައްޔަރަށް

ބިދޭސީންގެ މެދުގައި މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ވޯކް ޕާމިޓާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރުމާއި، ރާއްޖޭގައި މަސައްކަތް ކުރުމަށް ވޯކް ޕާމިޓް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން، އެހެން ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި މަނީ ލޯންޑަރިންގްގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ހަ މީހުންނަކީ ވެސް ބަންގްލަދޭޝްގެ މީހުންނެވެ. އޭގެ ތެރޭގައ ހިމެނެނީ މުޙައްމަދު އިމޮން ކަޒި، 30، އާއި އަފްޖަލް ހޮސައިން، 31، އާއި ޙަބީބުއްރަޙްމާން، 35، އާއި މުޙައްމަދު ޙަނީފް ބަޕަރީ، 46، އާއި ކަޒި ރައިހާން، 22، ގެ އިތުރުން (މުޙައްމަދު ޔޫސުފް ޕްރޮދަން، 30، އެވެ.

ފުލުހުން ބުނީ އެ މީހުންގެ ތެރެއިން މުހައްމަދު އިމޮން ކަޒި އާއި ކަޒި ރައިހާން އަދި މުހައްމަދު ޔޫސުފް ޕްރޮދަން ހައްޔަރުކުރީ މި މަހުގެ 22 ގައި ކަމަށެވެ. އަފްޖަލް ހޮސައިން އާއި ހަބީބުއްރަޙްމާން މި މަހުގެ 23 ގައި ހައްޔަރުކުރި އިތު، މުޙައްމަދު ހަނީފް ބަޕަރީ ހައްޔަރުކުރީ މިދިޔަ މަހުގެ 30 ގަ އެވެ.

މި އެންމެން ވެސް ތިބީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބަންދުގަ އެވެ.