Last Updated: July 11, 07:24
Saturday, July 11, 2026
ޚަބަރު

ޑްރަގާ އެކު ފުވައްމުލަކުން ބަޔަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ފުވައްމުކުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެ އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި އިއްޔެ ކަމަށެވެ. އެގޮތުން ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ބެލެވޭ 112.9 ގްރާމްގެ ތަކެއްޗާއި 25މ000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ އެ މީހުންގެ އަތުން ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފުވައްމުލައްމ މިސްކިތްމަގު. ރޯޝަން، ޢަބްދުﷲ ޝިފާޢު، 26 ގެ ބަންދަށް 15 ދުވަސް ޖެހުމަށް ފަހު އަނެއް މީހާ ޝަރުތުތަކަކާ އެކު ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.