މުޞްޙަފު ވެއްޓުމުން މުޞްޙަފުގައި ބޮސް ދިނުމަކީ ކޮން ކަހަލަ ކަމެއްތޯ އެވެ؟
“މުޞްޙަފުގައި ބޮސް ދިނުމަކީ މަޝްރޫޢުކަމެއް ކަމަށް އެއްވެސް ދަލީލެއް އެނގިފައެއް ނެތެވެ. އެކަމަކު މީހަކު މުޞްޙަފުގައި ބޮސް ދިނުމަކީ، އެއީ އޭގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެއީ މާތް ޞަޙާބީ އިކްރިމާ ބިން އަބީޖަހްލު ރަޟިޔަﷲ ޢަންހުގެ ގެ ފަރާތުން އެކަލޭގެފާނު މިފަދައިން ވިދާޅުވެ މުޞްޙަފްގައި ބޮސް ދެއްވިކަމަށް ރިވާވެގެންވެއެވެ. “މިއީ އަހަރެންގެ ރައްބުގެ ކަލާމްފުޅެވެ.” ކޮންމެ ޙާލެއްގައި ވިޔަސް، ބޮސް ދިނުމަކީ އެއީ އެކަމުގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެކަމަކު އެއީ މަޝްރޫޢުކަމެއް ނޫނެވެ. އެކަމުގެ މަޝްރޫޢިއްޔަތަށް ދަލީލެއް ނެތެވެ. މަތިން ތަނަކުން ނުވަތަ އަތުން މުޞްޙަފު ވެއްޓުމުން، މުޞްޙަފްނަގައި އިޙްތިރާ މްކުރުމާއި ޤަދަރުކުރުމުގެ ގޮތުން މީހަކު ބޮސްދިން ކަމުގައިވިޔަސް، އިން ޝާ ﷲ އެކަމުގައި މައްސަލައެއް ނެތެވެ.”
كتاب مجموع فتاوى ومقالات متنوعة لسماحة الشيخ العلامة عبد العزيز بن عبد الله بن باز رحمه الله . م/9 ص/289
ސަޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީގެ ފަތުވާގައިވެއެވެ. “މުޞްޙަފުގައި ބޮސް ދިނުމަށް ދަލީލެއް ނެތެވެ.” އެހެން ޖަވާބެއްގައި ވެއެވެ. “މުޞްޙަފުގައި ބޮސް ދިނުމުގެ މަޝްރޫޢިއްޔަތަށް އެއްވެސް ދަލީލެއް އޮތް ކަމެއް އެނގޭކަށް ނެތެވެ. ކީރިތި ޤުރްއާން ބާވައިލެއްވުނީ ތިލާވަތު ކުރުމަށާއި އެއާމެދު ވިސްނާފިކުރު ކުރުމަށާއި އެ މަތިވެރިކޮށް އެއަށް ޢަމަލުކުރުމަށްޓަކައެވެ. فتاوى اللجنة الدائمة (رقم4172)
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.