Last Updated: July 11, 07:24
Saturday, July 11, 2026
މުނިފޫހިފިލުވުން

ދަރޭ އަށް ޕަދުމާ ވިބުޝަން އެވޯޑް އަރުވަނީ

މިދިޔަ އަހަރު މަރުވި އިންޑިއާގެ ފިލްމީ ތަރި، ދަރުމެންދުރާ އަށް އިންޑިއާ ސަރުކާރުން ޕަދުމާ ވިބުޝަން އެވޯޑް އަރުވަން ނިންމައިފި އެވެ.

ހިންދީ ސިނަމާ އަށް ކޮށް ދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދަރޭ އަށް އެ އެވޯޑް އަރުވަން ނިންމާފައި ވަނީ މާދަމާ ފާހަގަކުރާ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގަ އެވެ. ޕަދުމާޝްރީ އެވޯޑް ލިބޭ ފަރާތްތަކާ އެވޯޑް ހަވާލު ކުރައްވާނީ އިންޑިއާގެ ރައީސް ދުރޯޕަޅީ މުރްމުރް އެވެ.

އެ އެވޯޑަކީ އިންޑިއާ ސަރުކާރުން ދެވަނަ އަށް ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

ޕަދުމާ ވިބުޝަން އެވޯޑް ދަރޭ އަށް އަރުވާ އިރު، އޭނަ އުމުރުން 89 އަހަރުގައި މަރުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ގަ އެވެ. ދަރޭގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 1 ގައި ރިލީޒްކުރި 'އިއްކީސް' އެވެ.

ދަރޭ އަކީ މަޝްހޫރި ފިލްމީ ތަރިން ކަމަށް ސަނީ އާއި ބޮބީ ޑިއޯލްގެ އިތުރުން އީޝާ ޑިއޯލްގެ ބައްޕަ އެވެ. އަދި ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީ އަކީ ދަރޭގެ ހަގު އަންބެވެ.

ދަރޭ އަށް މާދަމާ ޕަދުމާ ވިބުޝަން އެވޯޑް އަރުވާ އިރު، އޭނަ އަށް 2012 ގައި ޕަދުމާ ބުޝަން އެވޯޑް އަރުވާފައިވެ އެވެ. އެއީ އިންޑިއާ ސަރުކާރުން ތިން ވަނަ އަށް ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.