މި އަހަރުގެ ދިރާސީ އާ އަހަރު މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.
މި އަހަރުގެ ދިރާސީ އަހަރު ނިމި ދަރިވަރުން ޗުއްޓީ އަށް ދިޔައީ މިދިޔަ މަހުގެ 25 ގަ އެވެ.
ބޮޑު ޗުއްޓީ އަށް ފަހު މާދަމާ ދިރާސީ އާ އަހަރު ފަށާ އިރު، އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެގޮތުން ސްކޫލްތަކާއި ޓީޗަރުން ހަމަކުރުމާއި ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތްކޮށްފައިވެ އެވެ.
އިއްޔެ ޓީޗަރުން ސްކޫލްތަކަށް ވެސް ނުކުންނަން ވަނީ ފަށައިފަ އެވެ. އަދި މާދަމާ ސްކޫލްތަކުން ދަރިވަރުންނަށް ހޫނު މަރުހަބާއެއް ކިޔަން ހުރިހާ ސްކޫލްތަކަކުން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.
ދިރާސީ އއު އަހަރު ފުރަތަމަ ޓާމުގެ ކިޔެވުން ކުރިއަށް ދާނީ ޖުލައި 16 އާ ހަމައަށެވެ. ދެވަނަ ޓާމު ކުރިއަށް ދާނީ އޮގަސްޓު މަހުގެ 2 އިން ޑިސެމްބަރު 17 އަށެވެ.
ދިރާސީ އާ އަހަރު 199 ދުވަހު ކިޔަވައި ދޭނެ އެވެ.